ހުރަވީ ބިލްޑިންގަށް ސިޓީ ކައުންސިލުގެ މަސައްކަތްތައް ބަދަލު ކުރެވެން އޮތީ އެތަނަކީ މީހުން މަސައްކަތް ކުރެވޭނެ ފެންވަރުގެ ތަނަކަށް ހެދުމަށް ފަހު ކަމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.ހުރަވީ ބިލްޑިންގައި ހުންނަވާ، މީޑިއާ އާއި ވާހަކަފުޅުދައްކަވަމުން ޝިފާ މުހައްމަދު ވިދާޅުވީ އެތަނުގެ މަރާމާތުތަކަށް ބަޖެޑް ބޭނުންވާ ކަމަށާއި އެތަން މިހާރު ހުރި ހާލަތުގައި އެތަނުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެގޮތުން އެތަނުގައި ކަރަންޓުގެ މައްސަލައާއި މީދަލުގެ އުދަނގޫ ބޮޑުކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން އޭނާ ވިދާޅުވީ ސިޓީ ކައުންސިލް މިހާރު ހިންގަމުންގެންދާ ގ. ބިއްލޫރިޖެހިގެއިން ހުރަވީ ބިލްޑިންގަށް އެ ކައުސިލްގެ މަސައްކަތްތައް ބަދަލުކުރަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާއިރު އެ ކައުންސިލްއިން ކުރަމުން އަންނަ ގެދޮރުގެ މަސައްކަތްތައް މެދުކެނޑިގެންދާނެ ކަމަށެވެ.