ސިޔާސީ

އިސްލާމިކް މިނިސްޓަރ ކަމުގެ މަޤާމަށް ޑރ. އަހްމަދު ޒިޔާދު


އިސްލާމިކް މިނިސްޓަރ ކަމުގެ މަގާމަށް
ޑރ. އަޙްމަދު ޒިޔާދު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފިއެވެ.



އެމަގާމަށް ޑރ. ޒިޔާދު އައްޔަން
ކުރައްވާފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި  ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ
ދެއްވުމާއި ގުޅިގެންނެވެ. ޝަހީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް
ހުށައަޅުއްވާފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އިސްތިއުފާ
ދެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓަރ
ކަމުގެ މަގާމުގައި ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގެން ގައުމަށް
ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިގެންދިޔައީތީ އުފާކުރައްވާ ކަމަށާއި، ދެއްވި
އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.



ޝަހީމް އިސްލާމިކް މިނިސްޓަރކަމުގެ
މަގާމުން އިސްތިއުފާދެއްވިއިރު އަދާލަތު ޕާޓީން އިސްނަގައިގެން ސަރުކާރާއި
ދެކޮޅަށް ބޭއްވި މުޒަހާރާއާއި ގުޅިގެން އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ
ފުލުހުން ހައްޔަރުކޮށްފައިވާތީ ސަރުކާރުގައި ތިބި އެޕާޓީގެ ހުރިހައި މެމްބަރުން
ސަރުކާރުން ވަކިވުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވެއެވެ.



އަދި ކުރީގެ ޑިފެންސް މިނިސްޓަރ
ދޫކުރުމަށް ބާރުއަޅައި ފަހަކަށްއައިސް އަދާލަތު ޕާޓީންގެންދަނީ ވަރަށް ހަރުކަށި
ބަސްމަގުން ސަރުކާރަށް ފާޑުކިޔަމުންނެވެ.