ވިޔަފާރި

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 30 ވަނަ ދުވަހު


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހުސްވިއަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހު 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވަނަ ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ޖަލްސާ ކުރާ މާލަމުގައެވެ.

އެ ޖަލްސާގެ ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އެރޭ އަށްގަޑި ފަނަރައިން ފެށިގެން އަށްގަޑި ފަންސާސް ފަހަކަށެވެ.

އެމްޓީޑީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިހިނގާ ޖޫންމަހުގެ ނަވާވީސް ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްކަމަށެވެ.

ޖަލްސާއަށް ވަޑައިގެންނެވެން ނެތް ފަރާތްތަކަށް ޕްރޮކްސީއެއް އައްޔަންކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

މި ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާއިމެދު ގޮތެއް ނިންމުން އޮންނާނެއެވެ. އެމްޓީޑީސީއިން މިދިޔަ ނުވަ އަހަރު ދުވަހު ވެސް ހިއްސާގެ ފައިދާ ބަހާފައެއް ނުވެއެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން ދެހާސް ހަ ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.