ސިޔާސީ

އިހްލާސްތެރިކަމެއް އޮތްނަމަ މަޝްވަރާ އަވަސްކުރާނެ- ރައީސް


އިދިކޮޅު ފަރާތްތަކުގެ އިހްލާސްތެރިކަމެއް އޮތްނަމަ ސަރުކާރުން ގޮވާލާފައިވާ މަޝްވަރާގެ މަގު ދިގުކުރުމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި މަޝްވަރާގެ މޭޒުގެ ދޮށަށް އައުމަށް ރައީސް ޔާމީން ގޮވާލައްވައިފިއެވެ.ބައެއް ކައުންސިލަރުންނާއި ބައެއް އާއްމުން ޕީޕީއެމްއަށް ސޮއިކުރެއްވުމަށް މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި މަޝްވަރާކުރުމަށް ގޮވާލުމުން އެކި ބަހާނަތައް ދެއްކުމަކީ ގާބޫލްކުރެއްވޭކަމެއް ނޫންކަމަށެވެ.މަޝްވަރާގެ މޭޒަށް ކަންކަން ހުށައެޅުމުން ރައްޔިތުންނަށްވެސް އެ ކަންކަން އެގިގެންދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އޭގެ ފަހުން އިހްލާސްތެރިކަމެއް ހުރީ ކޮންބައެއްގެ ކަން އެގިގެންދާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންތަށް ދިމާވެފައިވާ ކަންކަން ހައްލުކުރުމަށް މަގުމަޗަށް ނުކުމެ އަޑުއުފުލުމުން އެކަނި އިދިކޮޅު ފަރާތަކުން އެދޭ ކަންކަމަށް ފަރުވާ ނުލިބޭނެކަމަށެވެ. އަދި އެކަންކަމަށް ހައްލު ލިބޭނީ ގާނޫނީ އިމުގެ ތެރެއިން ހުށައަޅަންޖެހޭ މުވައްސަސާތަކަށް ހުށައަޅާ އެކަން ބެލިގެންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.