ސިޔާސީ

އިމްރާނާއި އަމީން އަދި ސޮބާހުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ


މޭ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި އަދާލަތު ޕާޓީގެ ރައީސްއާއި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަމީން އިބްރާހިމްއާއި ސޮބާހް ރަޝީދްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ކޯޓަށް ހުށައަޅައިފިއެވެ.މި އެންމެންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށައަޅާފައިވަނީ މިއަދު ކަމަށް މައުލޫމާތުލިބެއެވެ.މިމަހުގެ އެއްވަނަ ދުވަހުގެ މުޒާހަރާގައި ހައްޔަރުކުރި  އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ހުށަހަޅާފައިވީނަމަވެސް އެ މައްސަލައާއި މެދު ޕީޖީ އޮފީހުން ނިންމިގޮތެއް އަދި ސާފެއް ނުވެއެވެ.މުޒާހަރާއާއި ގުޅިގެން މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ މުޒާހަރާއިގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުންނެވެ.ޓެރަރިޒަމްގެ ގާނޫނޫ ބުނާގޮތުން ޓެރަރިޒަމްގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ދިހަ އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.