ސިޔާސީ

ރައީސްކަމަށް ކުރިމަތިލާ އުމުރާއި ގުޅޭ ބަހުސް މާދަމާގެ ޖަލްސާގައި


ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރާއި ދެމެދުކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ހުށައަޅާފައިވާ އިސްލާހު މާދަމާ ފަށާ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.މިއިސްލާހު ހުށައަޅާފައިވަނީ ހޯރަފުށީ ދާއިރާާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއީލްއެވެ. ނަމަވެސް މާދަމާގެ ޖަލްސާގައި އޮންނާނީ އެއިސްލާހުގެ ފުރަތަމަ ކިއުން އިއްވުމެވެ.ގާނޫނު އަސާސީގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރާ މީހަކީ އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަަމަށެވެ. ނަމަވެސް އެ މަގާމު އަދާކުރެވޭނެ އެންމެ ދޮށީ އުމުރެއް ގާނޫނު އަސާސީގައި މިހާރު ކަނޑައަޅާފައެއް ނުވެއެވެ.މީގެ އިތުރުން، ރޯދަ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާއަށް ވުރެ މަދު ނޫން  މިންވަރެއް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިއުން އިއްވުންވެސް މާދަމާ ބާއްވާ ޖަލްސާއަށްވަނީ  އެޖެންޑާކޮށްފައެވެ. އަދި ޔޫތު މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ އަހުމަދު ޒުހޫރަށް ރުހުން ދިނުމުގެ މައްސަލައާއި، ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމަށް ރުހުން ދިނުމުގެ މައްސަލަވެސް އެޖެންޑާކޮށްފައިވެއެވެ.މީގެ އިތުރުންވެސް މުހިއްމު މަސައްކަތްތަކެއް މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.