ޚަބަރު

އިއްޔެ އެކަނި މާލޭގައި 30 ކައިވެންޏެއް ކޮށްފި


އިއްޔެ އެކަނި މާލޭގައި 30 ކައިވެންޏެއް ކޮށްފިއެވެ.

މިހާ ގިނަ ބަޔަކު އިއްޔެ ކައިވެނިކޮށްފައިވަނީ އިއްޔެއަކީ މިއަހަރު އަންނަ އެންމެ ރީތި އެއް ތާރީޚު ކަމަށްވާތީއެވެ. 19-09-19 އާ ދިމާކޮށް މާލޭގައި އެކަނި 30 ކައިވެންޏެއް ކޮށްފައިވާއިރު އެކި ރަށްރަށުގައިވެސް މީހުން އިއްޔެ ކައިވެނިކޮށްފައިވެއެވެ.

އިއްޔެގެ ތާރީޚް ރީތިވެފައިވަނީ މިއީ 2019 ކަމަށްވެފައި ސެޕްޓެމްބަރު މަހަކީ 9 ވަނަ މަހަށްވެފައި އިއްޔެއަކީ ސެޕްޓެމްބަރ 19 އަށް ވުމުމްނެވެ. އެހެންކަމުން އިއްޔެގެ ތާރީޚް ކިޔަނީ "ނަވާރަ ނުވައެއް ނަވާރަ" (19-9-19)ގެ ގޮތުގައެވެ.

މި ގަރުނުގައި އަންނާނެ އެންމެ ރީތި ތާރީހެއް ކަމަށް ގިނަ ބަޔަކު ދެކުނު، 2013 ވަނަ އަހަރުގެ ޑިސެމްބަރު 11 ގައި 68 ކައިވެނި މާލޭގައިކޮށްފައިވެއެވެ. އެ ތާރީހް ލިޔަނީ 11.12.13ގެ ގޮތުގައި އެވެ. މި ނޫން ވެސް ރީތި ތާރީހުގައި ރާއްޖޭގައި ގިނަ ކައިވެނިތަކެއް ކޮންމެ އަހަރަކުވެސް ކުރެއެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް މިފަދަ މުނާސަބާތައް ނުވަތަ މިފަދަ ނިންމުންތައް މިފަދަ ތާރީޚްތަކާ ދިމާކޮށް ފާހަގަކުރެއެވެ.

މިއަހަރު ދެން އަންނަ އެންމެ ރީތި ތާރީހުތަކުގެ ގޮތުގައި ފާހަގަވަނީ 10-09-19 އާއި 11-11-19 އެވެ.