މިދިޔަ މަހުގެ އެއްވަނަދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ހިންގި މުޒާހަރާއާއި ގުޅިގެން ބައިލައްކައަށްވުރެ ގިނަ ރުފިޔާއިން އެމްޑީޕީއާއި އަދާލަތު ޕާޓީ ޖޫރިމަނާކޮށްފިއެވެ.އިލެކްޝަންސް ކޮމިޝަނުން ބުނީ އަދާލަތު ޕާޓީ ޖޫރިމަނާކުރީ ފަސްދޮޅަސް ނުވަހާސް ރުފިޔާއިންކަމަށެވެ. އަދި އެމްޑީޕީން ޖޫރިމަނާކުރީ ފަންސާސް ތިން ހާސް ރުފިޔާއިންކަމަށެވެ. އަދި މި ފައިސާ 7 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށްވެސް މި ދެ ޕާޓީއަށް އިލެކްޝަން ކޮމިޝަނުން މިއަދު އަންގާފައިވެއެވެ.އަދާލަތު ޕާޓީއާއި އެމްޑީޕީ ޖޫރިމަނާކުރީ މޭޑޭގައި މާލޭގައި ބޭއްވި މުޒާހަރާގައި ސިޔާސީ ޕާޓީގެ ގާނޫނާއި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ފުލުހުންނަށް ހަމަލާދިނުމާއި އާއްމުންގެ މުދަލަށް ގެއްލުންދިނުމާއި އަނިޔާވެރި އަމަލުތަކަށް ގޮވައިލުންފަދަ އަމަލުތައް ހިންގާފައިވާތީކަމަށް އިލެކްޝަނުން ބުނެއެވެ. މީގެއިތުން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއި ފުލުހުން އަންގާފައިވާ އެންގުންތަކަށްވެސް އެމްޑީޕީއާއި އަދާލަތު ޕާޓީން ތަބާވެފައިނުވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.އިލެކްޝަން ކޮމިޝަނުން ބުނީ މިގޮތަށް ނިންމީ ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން މައުލޫމާތު އެއްކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ބެލުންތަކަށްފަހުގައި ކަމަށެވެ.