ޚަބަރު

ބާ ކައުންސިލްގެ ބައި-އިލެކްޝަން ނޫރުބާން ފަހުމީ ކާމިޔާބުކުރައްވައިފި


ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ނޫރުބާން ފަހުމީ ކާމިޔާބުކުރައްވައިފިއެވެ.

އޭނާ މި އިންތިޚާބު ކާމިޔާބުކުރެއްވީ ޤާނޫނީވަކީލު ޢަބްދުއްސަލާމް އާރިފާ ވާދަކުރައްވައިގެންނެވެ. ނޫރުބާނަށް 101 ވޯޓު ލިބުނުއިރު ޢަބްދުއްސަލާމަށް ލިބުނީ 97 ވޯޓެވެ. ބާ ކައުންސިލްގެ މެމްބަރެއްގެ ގޮނޑި ހުސްވެފައިވަނީ އެކައުންސިލަށް ފުރަތަމަ އިންތިޚާބުކުރި ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢާއިޝަތު ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެން އެކަމަނާ ބާކައުންސިލްގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލްގެ ފުރަތަމަ އިންތިޚާބު ބޭއްވީ މިދިޔަ ޖުލައި މަހުއެވެ.