ޚަބަރު

ކޮޅުވެއްޓިއެއްގައި ހިނގި ހާދިސާއެއްގައި 3 މީހަކަށް އަނިޔާވެއްޖެ


ތުނޑިފުށި އައިލެންޑް ރިސޯޓްގައި ބޭނުންކުރި ކޮޅުވެއްޓިއެއްގައި ހިނގި ހާދިސާއެއްގައި 3 ބިދޭސީއަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދުގެ އިރުއޮއްސުނުއިރު އެހާދިސާ ހިނގަން މެދުވެރިވީ އެކޮޅުވެއްޓީގެ ރޭމްޕް ހިއްލަން ޗެއިން ބޮލްކް ބޭނުންކުރިއިރު އޭގެ އެއްފަޅި ފެއިލް ވެގެންނެވެ. ޗެއިން ބްލޮކް ބޭނުންކުރި ވަގުތު 3 މީހުންވެސް ތިބީ ރޭމްޕް މަތީގައި ކަމަށާއި އެ މެޝިން ފެއިލްވި ވަގުތު އެ މީހުން ވިއްސައިގެން ގޮސް ޖެހި ތިން މީހުންނަށް އަނިޔާވި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ ވަގުތު އެކަކުގެ އިނގިއްޔެއް ޗިސް ޗިސްވެފައިވާއިރު އަނެއް ދެ މީހުންގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.

އެމީހުނަށް އަނިވާގެން ފުރަތަމަ ގެންދިޔައީ ގދ.އަތޮޅު ހޮސްޕިޓަލަށެވެ. އަދި އޭގެ ތެރެއިން ބޮލަށް އަނިޔާ ވި ދެ މީހުނަށް އިތުރު ފަރުވާ ދިނުމަށް އެމީހުން ވަނީ މާލެގެނައުމަށް މަސައްކަތް ކުރަމުންނެވެ.