ޚަބަރު

ވިލާތަށް ބޮޑެތި އިޤްތިޞާދީ މައްސަލަތަކެއް ކުރިމަތިވެފައި


ވިލާތުގެ އިއްތިޙާދަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް އެ އިއްތިޙާދުގެ އިޤްތިސާދީ ކޮމިޝަނަރުކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ޕައުލޯ ޖެންޓިލޯނީ ވަޢުދުވެވަޑައިގެންފިއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަދައްކަވަމުން ޖެންޓިލޯނީ ވިދާޅުވީ ވިލާތުގެ އިޤްތިޞާދީ ކޮމިޝަނަރުކަމުގެ މަޤާމު ލިބިވަޑައިގެންފިނަމަ އިޤްތިޞާދީ ކުރިއެރުން ހާޞިލްކުރުމަށް ވިލާތުގެ މާލީ ޤަވާއިދު ތަންދޭ އެންމެ މަތީ މިންވަރަކަށް އިންވެސްޓްކުރުމުގެ ފުރުޞަތު މެންބަރު ޤައުމުތަކަށްދޭނެކަމަށެވެ. އަދި ވިލާތަށް ކުރިމަތިވެފައިވާ އިޤްތިޞާދު މަޑުޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޕަބްލިކް ސެކްޓަރގެ ދަރަނި ކުޑަކުރުމަށް މެންބަރު ޤައުމުތަކަށް ބާރުއަޅުއްވާނެކަމަށްވެސް ޖެންޓިލޯނީ ވިދާޅުވިއެވެ.

27 ޤައުމު ހިމެނޭ ވިލާތުގެ އިއްތިޙާދަކީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުކަމަށްވާއިރު އެ އިއްތިޙާދުގެ ޖުމްލަ ޖީޑީޕީ 19 ޓްރިލިޔަން ޑޮލަރަށް އަރައެވެ. އެހެންނަމަވެސް ފާއިތުވި 2 އަހަރު ތެރޭގައި ވިލާތުގެ އިއްތިޙާދުގެ އިޤްތިޞާދަށް މަޑުޖެހުންއައިސްފައިވާ މައްސަލަވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ ޙައްލުކުރުމަށް ވިލާތުގެ އިއްތިޙާދުގެ މުއްސަނދި ޤައުމުތަކުން އެނޫން ޤައުމުތަކަށް ހިލޭ އެހީ ދީގެންނާއި އެ ޤައުމުތަކަށް ލޯނު އެހީތައް ދީގެން ވަޒީފާ އިތުރުކުރުންފަދަ މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެ އިއްޙާދުން ގެންދަނީ ފަންނީ ލެވެލްގައި މަޝްވަރާތައްކުރަމުންނެވެ.