ޚަބަރު

ކިޑްނެފްކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފި


ކިޑްނެޕްކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ބިދޭސީ މިހާ ކިޑްނެޕްކޮށްފައި ހުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައިކަމަށެވެ. އަދި ފުލުހުންނަށް މި މައުލޫމާތު ލިބުމާއި އެކު އެތަނަށް ގޮސް ކިޑްނެޕްކޮށްފައި ހުރި ބިދޭސީ މިހާ ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވެސް 5 ބިދޭސީއެކެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލެއް އަދި ބިދޭސީ މީހާ ކިޑްނެޕްކުރީ ކޮންކަމަކާއި ހެދިކަމެއް ފުލުހުން އަދި ހާމައެއްނުކުރައްވާއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ އެ މީހުންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ރަޖިސްޓްރީވަމުންނެވެ.

ރައްޖޭގައި މިހާރުވެސް އެއް ލައްކަ ތިރީސް ހާހަށްވުރެ ގިނަ ބޭރުމީހުން ލޭބަރުންގެ ގޮތުގައި އަންނަނީ މަސައްކަތް ކުރަމުނެވެ. މީގެތެރެއިން ފަސްދޮޅަސް ހާސް މީހުންނަކީ ޤަވައިދުތަކަށް ނުފެތޭހެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހުއްދަ ނެތި އުޅެމުން އަންނަ ބިދޭސީންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންނާއި، ކާކުކަން އަންގައިދޭ ސައްޙަ ލިޔެކިޔުން ނެތް ބިދޭސީންނަށް އަލުންވަނީ ގަވަދާއި އެއްގޮތަށް ރެޖިސްޓްރީވެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީފައެވެ.

ރެޖިސްޓްރީ ކުރުމުގެ ކަންކަން ހަމަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މިފަދަ މައްސަލަތައް 1 އަހަރު ތެރޭގައި އެއްކޮށް ޙައްލުކުރުމެވެ.