ޚަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އެފްރިކާ މީހަކު ރާއްޖެއިން ހައްޔަރުކޮށްފި


ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ސައުތު އެފްރިކާގެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 8:20 ހާއިރު ފުރުން މަނާކޮށް ހިފަހައްޓާފައިވަނީ އުމުރުން 46 އަހަރުގެ ފިރިހެނެއްްކަމަށެވެ. އޭނާ ހިފެހެއްޓީ ރާއްޖޭގައި ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ޖިންސީ ފުރައްސާކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިންތަކަކަށާއި 18 އަހަރުން މަތީގެ ބަޔަކަށް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރުކުރި މީހާ ޖިންސީ ފުރައްސާރަކުރީ ކޮން ޖިންސެއްގެ ބަޔަކަށް ކަމެއް އަދި އޭނާ ރާއްޖެ އައިސް އުޅުނީ ކޮން ބޭނުމެއްގައި ކަމެއް ފުލުހުން ވިދާޅެއްނުވެއެވެ. ނަމަވެސް ޕީއެމްއެސްނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމްގެ ހެޑް ކޯޗެވެ.