ޚަބަރު

ސިވިލްސަރވިސް ކޮމިޝަނުގެ ނާއިބް ރައީސް މަޤާމުން ވަކިކުރުމަށް ކޮމިޓީއަށް ފޮނުވައިފި


ސިވިލްސަރވިސް ކޮމިޝަނުގެ ނައިބް ރައީސް ޝަހީދު މުޙައްމަދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިނިވަން މުއައްއަސާތަކައި ބެހޭ ކޮމިޓީން ފޮނުވައިފިއެވެ.

މަޖިލީގެ ރިޔާސަތުން ކޮމިޓީއަށް މި މައްސަލަ ފޮނުވުމާއެކު އޭނާ ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދާނެއެވެ. ޝަހީދު މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެ މަޤާމަށް އޭނާ ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ބެލިބެލުމުން އެގިފައިވާތީއެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންވަނީ މިމައްސަލާގައި މެމްބަރުންގެ ޚިޔާލު ފާޅުކުރައްވައި، މިމައްސަލާގައި އޭނާ ވަކިކުރުމަށް މަޖިލީހުގެ ރިޔާސަތައް އެންގެވުމަށް ނިންމާފައެވެ.

ސިވިލްސަރވިސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ޝަހީދު އައްޔަން ކުރައްވާފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަޤާމަށް އޭނާ އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

ސިވިލްސާވިސް ކޮމިޝަނުން އެކޮމިޝަންގެ ނައިބް ރައީސް ޝަހީދު މުހައްމަދު މަޤާމުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާިއ ބެހޭ ކޮމިޓީން ކުރަމުންދާއިރު، ޙިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު މޫސާ ޢަލީ ކަލޭފާނުވެސް މަޤާމުން ވަކިކުރުމަށް އެ މައްސަލަ ކުރިއަށްގެންދަން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.