ޚަބަރު

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ


މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މަރުވެފައިވަނީ މައްޗަންގޮޅި ސަހަރާކައިރި ހުރި ގެސްޓްހައުސްގައި އާއިލާއަކާއެކު އުޅެމުންދިޔަ އަންހެނެކެވެ.

އުމުރުން 41 އަހަރުގެ އެ އަންހެން މީހާ މަރުވުމުން އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މިއަދުގެ 15.00ހާއިރުއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ފުލުހުން އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.