ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް 12 ބޭފުޅުން ކުރިމަތިލައްވައިފި


ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 12 ފަނޑިޔާރަކު ކުރިމަތިލައިވައިފި އެވެ. ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ހުޅުވާލީ އެކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިތުރުކުރުމަށްކޯޓުތަކާ ބެހޭ ޤާނޫނަށް 2017ވަނަ އަހަރު ގެނައި އިސްލާޙުއެކު އެ އަދަދު ހަމަކުރުމަށެވެ. 11 ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތީ ދެ މަޤާމެކެވެ.

މި ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ ކިބާގައި ހުންނަންޖެހޭ އެންމެ ދަށް ތަޢުލީމީ ފެންވަރުކަމަށް ކަނޑައަޅާފައިވަނީ އިސްލާމީ ޝަރީޢާގެ ރޮނގުން ނުވަތަ ގާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އިތުރު އެލަވަންސްތަކާއެކު ޖުމްލަ 54300 ރުފިޔާ ކޮންމެ މަހަކު ލިބޭނެއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބޭނެއެވެ.