ޚަބަރު

ޝަހިންދާ އާއި އަޒްރާ ޕޮލިހަށް ހާޒިރުވާން 2 ހަފްތާ


އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން ނެރުނު ރިޕޯޓްގެ މުޞައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ، އެޖަމިއްޔާގެ އިސް ދެ މީހެއް ކަމަށްވާ ޢަޛްރާ ނަސީމާއި ޝަހިންދާ އިސްމާއިލް ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފިއެވެ.

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެ ދެ މީހުންނަށް ޗިޓް ހަވާލުކުރީ ރާއްޖެއިން ބޭރުގައި އުޅެމުންދަނިކޮށެވެ. އެމްޑީއެންގެ ރިޕޯޓް ތައްޔާރުކުރި މީހުން މިހާރު ރާއްޖެއިން ބޭރުގައި ތިބިއިރު ޗިޓް ހަވާލުކުރި މީހުނަށް އަންގާފައިވަނީ 14 ދުވަސް ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކުން ނެރުނު ރިޕޯޓުގެ މައްސަލަ ބެލުމަށްފަހު އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައި އެވެ. އަދި އެ ރިޕޯޓުގައި ހުރި އިސްލާމީ ޢަޤީދާ އާއި އިސްލާމީ ޝަރީޢަތާއި ޚިލާފް ވާހަކަތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ދިރާސާކޮށް ރިޕޯޓެއް ތައްޔާރު ކުރަމުން އަންކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ރިޔާޒު ވިދާޅުވީ އެ ރިޕޯޓް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ދީނީ 3 ޢިލްމުވެރިންގެ އެހީއާއި އެކު ތައްޔާރުކުރާ އެ ރިޕޯޓަށްފަހު ވަގުތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އަންގާނެކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.