ޚަބަރު

ސޯޝަލްމީޑިޔާގައި މަރުގެ އިންޒާރުދިން ދިން މީހާގެ ބަންދަށް 5 ދުވަސް


ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރު ދެމުންދިޔަކަމުގެ ތުހްމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް އިތުރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ޢުމުރުން 19 އަހަރުގެ ޢަލީ އަވާއު، ހައްޔަރުކުރީ އޭނާ ކުރި ޓުވީޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެމީހާގެ ބަންދަށް 5 ދުވަސް އިތުރުކޮށްފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އޭނާ ހައްުޔަރުކުރީ މީހުންނަށް މަރުގެ އިންޒާރުދީ މުޖްތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރިކަމަށް ހިތްވަރު ދެމުންދާކަމުގައި އެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.