ޚަބަރު

ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހްމަތު


އުއްތަމަ ފަނޑިޔާރުވެސް ހިމެނޭ ގޮތައް ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރަކު މެންދުރު ފަރިއްކޮޅަށް ކޯޓުގެ ޕެޓީ ކޭޝް ހޭދަ ކުރައްވާކަމަށް ތުހްމަތުކުރެވޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް އަމިއްލަ މީހަކު ހުށައަޅައިފިއެވެ. އޭސީސީން ވަނީ އެމައްސަލަ އެކޮމިޝަނަށް ހުށައަޅާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ޕެޓީކޭޝް ނަންގަވައިގެން ފަރިކޮޅަށް ހޭދަކުރައްވާކަމަށް ތުހްމަތުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްޗަށެވެ.

އެ 4 ފަނޑިޔާރުން މެންދުރު ފަރީއްކޮޅަށް ތަކެތި ގެންނަނީ ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރަށް މުވައްޒަފަކު ފޮނުވައިގެން ކަމަށާ، އެކަމަށް ހޭދަ ކުރައްވަނީ އޮފީހުގެ ޕެޓީ ކޭޝް ކަމަށް އެމައްސަލައިގައި ބުނެފައިވެ.

ނަމަވެސް އެކަމުގައި ފަހުން އެކޯޓަށް އައްޔަން ކުރެއްވި ޑރ.އަޒްމިރާލްދާ ޒާހިރާއި ޢާއިޝަތު ޝުޖޫނާއި މަހާޒް ޢަލީ ޒާހިރު ބައިވެރިވަޑައިނުގަންނަވައެވެ.