ޚަބަރު

ޑރ.އަފްރާޝީމް ޢަލީގެ މަރުގެ ތަހްގީގު ރިޕޯޓް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުއްވައިފި


ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ތަހްގީގު ރިޕޯޓް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ފޮނުއްވަވައިފިއެވެ.

އެ ރިޕޯޓް ފޮނުއްވެވީ ޕްރޮސެކިއުޓަރ ޖެނަރަލަށާއި އެޓާނީ ޖެނަރަލަށާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށާއި ފުލުހުންގެ އިދާރާއަށާއި ރައްޔިތުންގެ މަޖިލީހަށެވެ.

މިދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ވީނުވީއެއްނޭނގި ގެއްލިފާވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައި، ޢާއިލާތަކަށް އިންޞާފު ހޯދައިދިނުމަކީ މިސަރުކާރުގެ އެންމެބޮޑު އެއްވައުދުކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން، މަރުޙޫމް ޑރ.އަފްރާޝީމް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މި ހަފްތާގައި ކަމާ ގުޅުންހުރި އިދާރާތަކަށް އެ ރިޕޯޓް ހިއްސާ ކުރައްވާނެކަމަށް އެ ދުވަހު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދެމީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެތެރެއިން އެ މައްސަލަ ސާބިތުވީ ހ.ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.