ޚަބަރު

ފަނޑިޔާރުންގެ މާލީ ބަޔާންތައް އޮޑިޓްކުރަން ޖޭއެސްސީން ނިންމައިފި


ކޯޓުތަކުގެ ފަނޑިޔާރަކުން އަހަރަކު އެއްފަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށައަޅާ މާލީ ބަޔާންތައް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އޮޑިޓް ކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ދިވެހި ރާއްޖޭގެ ކޮންމެ ފަނޑިޔާރަކު ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ޖޭއެސްސީއަށް ހުށައަޅަން ޖެހެއެވެ. ޖޭއެސްސީން ވިދާޅުވީ އެގޮތައް ހުށަހަޅާ މާލީ ބަޔާންތައް އޮޑިޓްކުރުމަށް ނިންމީ މާލީ ބަޔާން ހުށައެޅުމުގެ މަގުސަދު ހާސިލް ކުރުމަށް ކަމަށެވެ.

އަދި މިހާތަނަށް މާލީ ބަޔާން އެކޮމިޝަނަށް ހުށަނާޅާ ފަނޑިޔާރުން މާލީ ބަޔާން ހުށައަޅަން އެކޮމިޝަނުން އެންގުމަށާއި އޭގެ ފަހުންވެސް އެއެންގުމަށް އަމަލު ނުކުރާ ފަނޑިޔާރުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ މައުލޫމާތު ދެއްވާފައިއެވެ.

ޖުޑީޝަލް ސަރވިސް ގެންދަވަނީ ފަނޑިޔާރުންނަކީ ނަޒާހަތްތެރި ބައެއްކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންވެ.