ޚަބަރު

ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗުގެ މައްޗަށް 9 ދައުވާއެއް


ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް އަމީން ޚާންގެ މައްޗަށް 9 ދައުވާއެއްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިނަލް ކޯޓަށް ފޮނުވައިފިއެވެ.

ސައުތު އެފްރިކާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އާސިފް އަމީން ޚާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ މިއަދުއެވެ. ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި އާސިފް ޚާން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ފުރަންގޮސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ.

އާސިފް ޚާން ޖިންސީ ގޯނާގެ ތުހުމަތުގައި އޭރު ހައްޔަރުކުރި ނަމަވެސް 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރެވުމުން ކްރިމިނަލް ކޯޓުންވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ. އަދި އަލުން އޭނާ ހައްޔަރުކުރުމަށް ފުލުހުން އެދުމުން ހައިކޯޓުން އެއަމުރު ނެރެފައިވަނީ އާސިފް ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވެންނެތް ކަމަށް ދަށުކޯޓުން ނިންމި ނިންމުން ބާޠިލް ކުރުމަށްފަހުއެވެ.

އާސިފް 18 އަހަރުން ދަށުގެ ކުދިންތަކަކަށާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ތުހްމަތު ކުރެވިފައިވާކަމަށް ފުލުހުން މީގެކުރިންވެސް ބުނެފައިވެއެވެ.