ޚަބަރު

ޓެކްސީ ޑްރައިވަރުގެ މަރާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ


މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ، އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަން،، މަރާލި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.

ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަންގެ މަރާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުޤީޤު ހުއްޓާނުލައި ކުރިޔަށްގެންދާ ކަމަށެވެ. މީގެ ތިން ދުވަސް ކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ގާސިމް ހަސަން މަރުވެފައި އޮއްވައި ފެނުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސް މަގާއި ގުޅިފައިވާ ހަނި ގޯޅިއެއްގެ ތެރޭގައެވެ.

އެ މައްސަލަ ތަހްގީގު ކުރުމަށް ފުލުހުން ވަނީ އެ ސަރައްދު އާންމުންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށްފައެވެ. މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމަށް ފުލުހުން އަދިވެސް މަސައްކަތްކުރަމުންދާތީ ތަހްގީގާ ގުޅޭ ތަފްސީލީ މައުލޫމާތު އަދި ހިއްސާ ކޮށްފައިއެއްނުވެ އެވެ.

ފުލުހުންވެސް ބުނެފައި ވަނީ ޤާސިމް މަރުވީ ހޮސްޕިޓަލުގައި ފަރުވާދެވެމުން ދަނިކޮށް ކަމަށެވެ.

ޤާސިމް ދުއްވި ކާރު މަގުގެ އެއް އަރީގައި އިންޖީނު ވެސް ނިވާނުލައި އޮތް އިރު، ކާރުގެ ތެރޭގައިވެސް ލޭ ހުރި ފުލުހުން ވަނީ ބުނެފައި އެވެ.

ޤާސިމް ހަސަނަކީ ހުޅުމާލޭގެ ތާރީޚުގައި އެރަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ދެވަނަ މީހާއެވެ. ހުޅުމާލޭގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހުޅުމާލޭ ހާފްވޭ ހައުސް ކައިރިންނެވެ.