ޚަބަރު

ޕީޕީއެމްގެ ޓިކެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


އަންނަ ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް އެދުމުގެ މުއްދަތު އެޕާޓީން އިތުރުކޮށްފިއެވެ.

ޕީޕީއެމުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓަށް އެދުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ ޕާޓީން މީގެ ކުރިން ކޮށްފައިވާ އިޢުލާންގައިވާ ގޮތުން ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު އޮންނާނީ މާދަމާގެ ނިޔަލަށެވެ.

އަންނަ އޭޕްރީލް މަހުގެ ބާއްވާ ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައި އެވެ. އަދި އެ ޕާޓީން ގެންދަނީ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިންވެސް ކުރަމުންނެވެ.

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައެވެ. އަދި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްޙޫރީ ޕާޓީންވެސް ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައިވާކަން ވަނީ ހާމަ ކުރައްވާފައެވެ.