ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: ޢަދާލަތު ޕާޓީގެ ޓިކެޓަށް އެދެން ހުޅުވާލައިފި


މި އަހަރު ބާއްވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ވާދަކުރުމަށްއެދޭ ފަރާތްތަކަށް އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީން ކުރި އިއުލާންގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މި މަހުގެ 26ވަނަ ދުވަހުގެ މެންދުރުފަހު 15:00ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެޕާޓީގެ ޓިކެޓަށް އެދި ހުށައަޅާ ފޯމް ޕާޓީގެ މައި އޮފީހަށް ހުށައެޅިދާނެކަމަށާ، ނުވަތަ ފޯމް މެއިލްވެސް ކުރެވިދާނެ ކަމަށް ވަނީ ބުނެފައިއެވެ.

އަދާލަތު ޕާޓީންވެސް ވަނީ ކައުންސިލް އިންޓިޚާބުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް ނިންމާފައެވެ. އިންތިޚާބުކުރަން ޖެހޭ ޢަދަދަށްވުރެ ގިނައިން އެއް މަގާމަކަށް ކުރިމަތިލުމަށް އެދި ޓިކެޓަށް ހުށައަޅައިފިނަމަ ޓިކެޓް ދޭނެ ވަކިގޮތެއް އަދި ނުނިންމާކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީ އާއި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް އިން ވެސް އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.