ކޯވިޑް-19

ކޯވިޑް-19 : ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުން އެ ޤައުމުގެ 70 މީހަކު އަނބުރާ ޤައުމަށް ފޮނުވާލަނީ

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ފުރާއިރު، އެމަތިންދާބޯޓުގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ އެޤައުމަށް ގެންދާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން ލިބިވަޑައިގަތް އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމަށް، ބަންގްލަދޭޝްގެ ސަރުކާރުގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ އެގައުމު ފޮރިން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. މިދިޔަ ދެ ހަފްތާގެ ތެރޭގައި މިނިސްޓަރ ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ.

މާދާމާ އަންނަ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓްގައި އެގައުމުގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ އިތުރުން ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އަންނަ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް ރާއްޖެ އަންނާނެއެވެ.