ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 129 އަށް އަރައިފި


އިތުރު މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ. ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. މިއީ މިރޭ މި ބައްޔަށް ޕޮޒިޓިވްވި 13 ވަނަ މީހާއެވެ. އެގޮތުން މިރޭ ޕޮޒިޓިވްވެފައިވަނީ 12 ދިވެހިންނާއި ބިދޭސީއެކެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 129 އަށް އަރާފައެވެ. މިހާ ގިނަ ޢަދަދެއްގެ ދިވެހިން ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ ރިސޯޓްގެ އިން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ އަންނަފެށުމުންކަމަށް މިރޭ ނޭޝަނަލް އމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންގައި ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި ގިނަ ބިދޭސީންނަކީ ޑެލިވަރީއާއި އެހެން ޚިދުމަތްތަކުގައި މަސައްކަތްކުރާ މީހުންނެވެ. އެގޮތުން ޕޮޒިޓިވްވި ބިދޭސީންގެ ކޮންޓްރެކްޓް ޓްރޭސްކުރުމުގެ ތެރެއިންވަނީ ގިނަ ޢަދަދެއްގެ ބިދޭސީން ހިމެނޭ ހަބެއްވެސް ދެނެގަނެފައެވެ.

މާލޭގައި އެއްތަނެއްގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާތީ އެތަންތަނަށް އެންއީއޯސީގެ ޓިމްތައް ގޮސް ބިދޭސީންގެ ސާމްޕަލް ނަގައި ޓެސްޓްކުރަމުން އަންނަކަމަށާ، އެގޮތަށް ނަގާ ސާމްޕަލްތަކުންވެސް ބިދޭސީން މިބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.