ޚަބަރު

ކޯވިޑް-19 : އިތުރު 6 މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 6 މީހަކު އަނެއްކާވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މި ހަމީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، ބަންގްލަދޭޝްގެ މީހަކާއި، ޕާކިސްތާނު ރައްޔިތެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 220 އަށް އަރާފައެވެ.

އިއްޔެއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 73 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

އިއްޔެ އެންމެފަހުން މާލެއިން ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 19 މީހަކާއި، 2 ދިވެއްސަކާއި އިންޑިޔާގެ 2 މީހެކެވެ. މިބަލިން މިހާތަނަށް ރަނހަޅުވެފައިވަނީ 17 މީހުންނެވެ. ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ބަލި ޖެހުނު މީހުންނާއި ސީދާ ދިމާވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.