ޚަބަރު

ކޯވިޑް-19 : އިޙްސާން ފިހާރައަށް ވަޑައިގެންނެވި ވަޒީރު ގޭގައި އައިސޮލޭޝަންގައި


މާފަންނު އިޙްސާން ފިހާރައަށް ވަޑައިގެންނެވި މިނިސްޓަރަކު ގޭގައި އައިސޮލޭޓްވުމަށް ދަންނަވާފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނޭޝަނަލް އެމެނެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މާލެއިން ކޯވިޑް-19 ފެނި ހައިރިސްކު ތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނުގެ ތެރެއިން މާފަންނު އިހުސާން ފިހާރައަށް ވަޑައިގެންނެވި މިނިސްޓަރަކު ގޭގައި އައިސޮލޭޓްވުމަށް ދަންނަވާފައިވާނެމަށެވެ.

އަދި ގޭގައި އައިސޮލޭޓްގައި ހުންނެވި މި މިނިސްޓަރުގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އައިސޮލެޝަން ފެސިލިޓީސްއަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ކެބިނެޓް މިނިސްޓަރުންގެ ތެރެއިން އިތުރު 2 މިނިސްޓަރަކާ ގުޅޭގޮތުން މިއަދު ދެއްކެވުނު ވާހަކަތާއި ގުޅިގެން މަބްރޫކް ވިދާޅުވީ މީގެ ތެރެއިން އެއްވަޒީރަކު ގޭގައި އަމިއްލައަށް މަޑުކުރައްވައިގެން ހުންނެވީ ސެކަންޑްރީ ކޮންޓެކްޓަކާ ނުވަތަ ބަލިޖެހުނު މީހަކާ ދިމާވި މީހަކާ ދިމާވުމުންކަމަށެވެ. އަދި މީކޭސްގައި ބަލިޖެހުނު މީހާއާއި ދިމާވި މީހާ ބައްޔަށް ނެގެޓިވްވެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަނެއް މިނިސްޓަރަކީ، އެމިނިސްޓަރު ދިރިއުޅުއްވާ އެޕާޓްމަންޓު ހުންނަ އިމާރާތުގެ ފްލޯއެއް މޮނިޓަރިންގެ ހާލަތައް ގެންދިއުމުން އަމިއްލަފުޅަށް ގޭގައި މަޑުކުރެއްވި ބޭފުޅެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިހާލާތުގައި އިސްސަފުގައި ހަރަކާތްތެރިވާ އެންމެންވެސް މަސައްކަތްކުރަމުންދަނީ ކޮންމެ ވަގުތެއްގައިވެސް ކަރަންޓީނަށް ދާންޖެހިދާނެކަމުގެ ބިރުވެރިކަމާއެކުގައި ކަމަށެވެ.