ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 228 އަށް އަރައިފި


ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 228 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެ ޕޮޒިޓިވްވެފައިވަނީ 14 މީހެކެވެ. އިއްޔެ މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހިންނެވެ. މީގެ ތެރެއިން ބާކީ ތިބި 4 މީހުންގެ ތެރޭގައި ހިމެނެނީ، ބަންގްލަދޭޝްގެ 3 މީހުންނާއި، ޕާކިސްތާން މީހެކެވެ.

ރާއްޖެއިން މިހަތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 90 މީހުންނަކީ ދިވެހިންނެވެ. 138 މީހުންނަކީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. ޕޮޒިޓިވްވި ފިރިހެނުންގެ އަދަދަކީ 183އެވެ. އަންހެނުންގެ އަދަދަކީ 45އެވެ. އިއްޔެގެ ނިޔަލަށް އައިސޮލޭޝަން ފެސިލިޓީސްތަކުގައި 213 މީހުން އަދި ކަރަންޓީން ފެސިލިޓީސްތަކުގައި 1210 މީހުން އެބަތިއްބެވެ. މިބަލީގައި އިތުރުފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވަނީ 3 މީހުންނެވެ.

މިހަތަނަށް ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. މުޖުތަމައުގެ ތެރޭގައި ބަލި ކޮންޓްރޯލްކޮށް ބަލި އޮތް މިންވަރު ދެނެގަތުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިގެންދަނީ މާލެ ތެރެއިން ރެންޑަމް ސާމްޕަލްތައް ނަގަންފަށާފައެވެ.