ޚަބަރު

ސަރުކާރުގެ 20،000ރ މަތީގެ މުސާރަތަކަށް އަނެއްކާވެސް ބަދަލުތަކެއް


ކޯވިޑްގެ މި ހާލަތުގައި ސަރުކާރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރާތައް މިވަގުތަށް ރިވިއުކޮށް އެކި މިންވަރަށް އުނިކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މި ގޮތުން ޑެޕިއުޓީ މިނިސްޓަރުން ފެށިގެން ހުރިހާ ފަންތިއަކަށް މުސާރަ އުނިކުރަން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް 20،000 ރުފިޔާއަށް ވުރެ ދަށްކޮށް މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަވާނެކަމަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މުސާރަ އުނިކުރާ މިންވަރު ( ސަރުކާރުގެ މުވައްޒަފުން )


20 އިންސައްތަ - 20،000 - 25،000 ރުފިޔާ ލިބޭ ފަރާތްތަކުން
30 އިންސައްތަ - 25،000 - 60،000 ރުފިޔާ ލިބޭ ފަރާތްތަކުން
35 އިންސައްތަ - 60،000 ރުފިޔާއިން މަތި ލިބޭ ފަރާތްތަކުން

ކުންފުނިތަކުގެ އެމްޑީ ޑީއެމްޑީ ފެންވަރުގެ ބޭފުޅުން މުސާރައިން 32 އިންސައްތަ ކުޑަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މި ގޮތުން މުސާރައިން 22 އިންސައްތަ އަދި ބޯޑު އެލަވަނަސްގެ ގޮތުގައި ދެމުން އަންނަ 11000 ރުފިޔާވެސް މި ވަގުތު ކަނޑާލާފައިވާކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ތެރެއިން މުސާރަ 10000 ވުރެ ދަށް މުވައްޒަފަކަށް މި ހާލަތުގައި އެލަވަންސްތަކާއި އެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމިޜު ވިދާޅުވީ މި ހާލަތުގައި އަސަރު ކުރީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް އެކަނި ނޫންކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ބޮޑެތި އަސަރުތަކެއްކޮށްފައިވާކަމަށެވެ. އެހެންކަމުން ކުންފުނިތަކުގެ މުސާރަތަކަށް ގެނެވޭ ބަދަލުތައް ބަލަން ކޮންމެ ކުންފުންޏަކުން ކަނޑައަޅާ އެ ކަންކަން މިނިސްޓްރީއަށް ހިއްސާކުރުމަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވަޒުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ކުނފުނިތަކުން މި ނިންމުން ނިންމާނީ އެތަންތަނުގެ މުވައްޒަފުންނާއި ވާހަކަދެކެވިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ވަރަށް ގިނަ ކުންފުނިތައް އެބަހުރި ހުއްޓުމަކަށް އައިސްފައި. މިސާލަކަށް އަޅުގަޑުމެން އައިލެންޑް އޭވިއޭޝަން ނަގާކަމަށްވާނަމަ އައިލެންޑް އޭވިއޭޝަންގެ ވަރަށް ގިނަ އުދުހުންތައް އެހެރީ ހުއްޓިފައި. ވަރަށް ބޮޑެތި މުސާރަތައް އެބަދެވޭ. އެހެންވީމަ މި ދަނޑިވަޅުގައި އަޅުގަޑުމެން އެއްބަސްވާން އެބަޖޭހޭ މުވައްޒަފުންނަށް ތިއްބަވާ ބޭފުޅުންވެސް އެއްބަސްވާން އެބަޖެހޭ ހަގީގަތުގައި އަޅުގަޑުމެން އެންމެން އެބަޖެހޭކަން މިކަމަމުގައި ބައިވެރިވާން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ މުސާރައަށް ގެނައި ބަދަލުތަކުން އަސަރު ކުރާނީ ވަރަށް ބޮޑެތިކޮށް އަސާސީ މުސާރަ ލިބޭ ފަރާތްތައްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

" ސިވިލް ސާރވިސްގައި ނުތިއްބަވާނެ އަސާސީ މުސާރަ 20،000 ރުފިޔާއިން މަތި ލިބޭ ފަރާތްތަކެއް. އެ އަދަދުން މަތީގެ މުސާރަތައް ލިބޭނީ ކޮންޓެރެކްޓް ސްޓާފުންގެ ގޮތުން 35،000 ރުފިޔާ 40 ހާސް ރުފިޔާ ލިބޭ މީހުން. މިނިސްޓްރީތަކުގެ ޕީއެސްގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ އަސާސީ މުސާރަ ބޮޑުވާނެ. އެހެންވީމަ މިހާރު ބަދަލުތަކެއް ގެނެސްގެން ދިގު މުއްދަތަކަށް ރަނގަޅަށް ދައުލަތުގެ ފައިނޭންސް މެނޭޖްކުރެވޭނެ ގޮތްތަކަށް ބަދަލުކުރަން " މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދައޔލަތުގެ މުސާތަރަކަށް ބަދަލު ގެނައުމަށް ވަކިވަކި މުވައްޒަފުންނާއި ވާހަކަ ނުދެއްކި ނަމަވެސް ސަރުކާރުގެ މުވައްޒަފުން މުސާރަތަކަށް ބަދަލުތައް ގެންނާނީ އެތަންތަނުގެ މުވައްޒަފުންނާއި ބޯޑާއި ވާހަކަދެކެވިގެން ކަމަށެވެ.