ވިޔަފާރި

ބީއެމްއެލް ކާޑުން ޕެޓްރޯލް ޝެޑަށް މިހާރު ފައިސާ ދެއްކޭނެ


އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.

ކޯވިޑް-19 ވައިރަސްއާ ގުޅިގެން ނަގުދު ފައިސާގެ މުއާމަލާތްތައް ކުރާ މިންވަރު މަދުކުރުމަށްޓަކައި ގެނެސްފައިވާ ބަދަލާއެކު މާލެ އަދި ހުޅުމާލޭގައި ހުންނަ ބީއެމްއެލްގެ ޕެޓްރޯލް ޝެޑުތަކުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް ކާޑުން ފައިސާ ދެއްކޭނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން ބުނެއެެވެ.

އެފްއެސްއެމްއިން ބުނީ ވެހިކަލްތަކަށް ޕެޓްރޯލް އަޅަން އަންނަ ފަރާތްތަކަށް ކާޑުންވެސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެދާނެކަމަށެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން މިބަދަލު އަވަހަށް ގެންނަން ޖެހުމުން މިވަގުތު މި ޚިދުމަތް ލިބެމުންދާނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކަށްކަމަށް އެފްއެސްއެމްއިން ބުނެއެވެ. އަދި ކުރިއަށް އޮތްތާނގައި އެހެން ބޭންކުތަކުގެ ކާޑުތަކުންވެސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެކަމަށްވެސް އެފްއެސްއެމްއިން ބުނެއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ބެންކުތަކާއެކު މިހާރުވެސް ކުރިއަށްދާކަން އެފްއެސްއެމްއިން ފާހަގަކުރެއެވެ.

ކޯވިޑް19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، ނަގުދު ފައިސާ ގެންގުޅުމުގައި އޮންލައިން ޓްރާންސްސެކްޝަންތައް ހިންގުމަށް ސިއްހީ މާހިރުން ބާރުއަޅުއްވައެވެ.