ޚަބަރު

ޔަމަނުގައި ކިޔަވަމުންދިޔަ ދަރިވަރަކު ރާއްޖެ ގެނެސްފި


ޔަމަނުގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު ޔަމަނުގެ މަސްރަހު ގޯސްވުމުގެ ސަބަބުން ރާއްޖެ ގެނެސްފިއެވެ.



މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން
މައުލޫމާތުދެއްވާ ގޮތުގައި ޔަމަނުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު، އެ
ޤައުމުގެ މަސްރަހު ގޯސްވުމާއި ގުޅިގެން އަނބުރާ ރާއްޖެ އައުމުގައި މިނިސްޓްރީގެ
އެހީތެރިކަމަށް އެދިވަޑައިގަތުމާއި ގުޅިގެން، ސަޢުދީ އަރަބިޔާގައި ހުންނަ
ދިވެހިރާއްޖޭގެ އެމްބަސީގެ މުވައްޒަފަކު އޮމާނަށް ފޮނުވާ ޔަމަނުގައި ހުރި ދިވެހި
ދަރިވަރު އޮމާން މަގުން ރާއްޖެ އައުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަދި އެ ދަރިވަރު މިދިޔަ އަންގާރަ ދުވަހު ރާއްޖެ އައިސްފައިވާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މީގެ ކުރިންވެސް ޔަމަނުގައި ހުރި ދިވެހި ދަރިވަރަކު ފޮރިން މިނިސްޓްރީގެ އެހީގައިވަނީ ރާއްޖެ
ގެނެސްފައިވެއެވެ.