ވިޔަފާރި

މުދާ ހިފަައިގެން އިއްޔެ އެކަނިވެސް 40 ދޯންޏެއް މާލެއިން ފުރި


މިއަދު މާލެއިން އަތޮޅުތެރެއަށް 40 އުޅަނދުފަހަރެއް މުދާ ހިފައިގެން ފުރާފައިވާކަމަށް މޯލްޑިވްސް ޕޯޓްސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލުން އާއްމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އުޅަދުފަހަރުތަކުގައި 270 ބަސްތާ ހަނޑޫ، 260 ބަސްތާ ފުއް، 158 ބަސްތާ ހަކުރު، 696 ގޭސް ސިލިންޑަރު އަދި 1866 ކޭސް ފެން އަތޮޅުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައިވެސް މާލެއިން އަތޮޅުތެރެއަށް މުދާ ހިފައިގެން ކޮންމެ ދުވަހަކުވެސް އުޅަނދުފަހަރުތައް ދަނީ ފުރަމުންނެވެ. އަދި އަތޮޅުތެރެއިން މުދާ ބަލާ މާލެއަށް ވެސް ކޮންމެ ދުވަހަކު އުޅަނދުފަހަރުތައް ދަނީ ބަދަރުކުރަމުންނެވެ.