ޚަބަރު

އެމްއެމްޕީއާރުސީގެ ތަޚްޤީޤު ފުޅާދާއިރާއެއްގައި ބެލުމަށް އިތުރު ވަސީލަތްތައް ބޭނުންކުރަނީ


އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޚްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާ ކަމުގައި ކޮމިޝަނާ އޮފޮ ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެމްމެމްޕީއާރުސީގެ ކޮރަޕްޝަން ތަހުޤީޤު ކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން ސްޕަވައިޒަރީ ގްރޫޕާއެކު ބާއްވާފައިވާ ވާޗުއަލް ބައްދަލުވުމަށްފަހު ކޮމިޝަަނަރާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. މިބައްދަލުވުމުގައި އެމްއެމްއެމްޕީއާރުސީގެ ތަހުގީގު ވަރުގަދަ ކުރަން އިތުރު ވަސީލަތްތައް ބޭނުން ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ވިދާޅުވެފައި ވާއިރު، ޕީޖީ ވިދާޅުވީ ގިނަ ބަޔަކާއިމެދު ކުރެވޭ މިތުހުމަތާއި ގުޅިގެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން ދަޢުވާކުރުންވެސް އެންމެ ރަނގަޅުކަމަކަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް މިމައްސަލާގައި ތުހުމަތުކޮށްފައިވާ މީހުންގެ ތެރެއިން އޭރުވެސް އަދި މިހާރުވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މީހުންގެ މައްސަލަތައް ވީއެންމެ އަވަހަކަށް ކޮޅެއްގައި ޖައްސައި އެކަން ނިންމަން ޖެހޭކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.