ޚަބަރު

ކޯވިޑް-19 : ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު 46އަށް


ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 46އަށް އަރާފައެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މި ބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭ ކްލަސްޓަރއަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މާލެއިން ފެނުނު އެންމެ ބޮޑެތި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.

ބަލިން ރަނގަޅުވެފައިވާ ބައެއް މީހުން

  • ކޭސްނަމްބަރު 86، ޢުމުރު 31 އަހަރު (އަންހެން)، އޭއެމްއެޗް ކްލަސްޓަރ، ރަނގަޅުވީ 10 މެއި 2020ގައި
  • ކޭސްނަމްބަރު 80، ޢުމުރު 35 އަހަރު (އަންހެން)، ބީއެންސީ ކްލަސްޓަރ، ރަނގަޅުވީ 04 މެއި 2020ގައި
  • ކޭސްނަމްބަރު 79، ޢުމުރު 28 އަހަރު (އަންހެން)، ބީއެންސީ ކްލަސްޓަރ، ރަނގަޅުވީ 07 މެއި 2020ގައި
  • ކޭސްނަމްބަރު 71، ޢުމުރު 43 އަހަރު (އަންހެން)، އެމްއެޗްއެފް ކްލަސްޓަރ، ރަނގަޅުވީ 07 މެއި 2020ގައި
  • ކޭސްނަމްބަރު 54، ޢުމުރު 38 އަހަރު (ފިރިހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 08 މެއި 2020ގައި
  • ކޭސްނަމްބަރު 30، ޢުމުރު 33 އަހަރު (އަންހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 07 މެއި 2020ގައި
  • ކޭސްނަމްބަރު 29، ޢުމުރު 37 އަހަރު (ފިރިހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 08 މެއި 2020ގައި
  • ކޭސްނަމްބަރު 20، ޢުމުރު 23 އަހަރު (ފިރިހެން)، ބޭރުން ރާއްޖެއައި، ރަނގަޅުވީ 6 މެއި 2020ގައި
  • ކޭސްނަމްބަރު 19، ޢުމުރު 19 އަހަރު (ފިރިހެން)، ބޭރުން ރާއްޖެއައި، ރަނގަޅުވީ 13 އޭޕްރީލް 2020ގައި
  • ކޭސްނަމްބަރު 18، ޢުމުރު 20 އަހަރު (ފިރިހެން)، ރަނގަޅުވީ، 17 އޭޕްރީލް 2020ގައި
  • ކޭސްނަމްބަރު 17، ޢުމުރު 22 އަހަރު (ފިރިހެން)، ރަނގަޅުވީ، 13 އޭޕްރީލް 2020ގައި
  • ކޭސްނަމްބަރު 28، ޢުމުރު 47 އަހަރު (ފިރިހެން)، ބީއާރުބީ ކްލަސްޓަރ، ރަނގަޅުވީ 5 މެއި 2020ގައި
  • ކޭސްނަމްބަރު 23، ޢުމުރު 42 އަހަރު (އަންހެން)، ޖަރީމާ ކްލަސްޓަރ، ރަނގަޅުވީ 7 މެއި 2020ގައި
  • ކޭސްނަމްބަރު 22، ޢުމުރު 2 އަހަރު (ފިރިހެން)، ޖަރީމާ ކްލަސްޓަރ، ރަނގަޅުވީ 7 މެއި 2020ގައި
  • ކޭސްނަމްބަރު 96، ޢުމުރު 48 އަހަރު (ފިރިހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 8 މެއި 2020ގައި

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޒުވާން ޢުމުރުފުރައިގެ މީހުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތްފެންނަ މީހުންނަށްވުރެ އެއްވެސް ޢަލާމާތެއް ނުފެންނަމީހުން ގިނަކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 982 އަށް އަރާފައެވެ.