ވިޔަފާރި

އެސްޓީއޯއިން ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފި


އެސްޓީއޯއިން ވިއްކާ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވަނީ ފިޔާ ބަސްތާއެއްގެ އަގު 175 ރުފިޔާއަށް ތިރިކޮށްފައެވެ. މީގެ ކުރިން ފިޔާ ބަސްތާއެއް އެސްޓީއޯއިން ވިއްކަމުން އައިސްފައިވަނީ 255 ރުފިޔާއަށެވެ. މީގެއިތުރުން އެސްޓީއޯއިން ވަނީ ބިސް ކޭހެއްގެ އަގު 240 ރުފިޔާއަށް ތިރިކޮށްފައެވެ. ކުރިން ބިސް ކޭހެއް ވިއްކަމުން އައިސްފައިވަނީ 260 ރުފިޔާއަށެވެ.

އީ-ސްޓޯރ މެދުވެރިކޮށް މިބާވަތްތައް ގަތުމަށްފަހު ޕޮލިސް ހުއްދައަކާއެކު އިންޑަސްޓްރިއަލް ވިލަޖުގައި ހުންނަ އެސްޓީއޯގެ ފެރިޝަބަލް ގުދަނަށް އައުމުން ތަކެތި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުންބހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11 އިން މެންދުރުފަހު 3 އަކަށް ތަކެތި ދޫކުރަމުންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑެލިވަރީގެ ޙިދުމަތްވެސް އެސްޓީއޯއިން ދަނީ ދެމުންނެވެ. އެގޮތުން 7291123 އަދި 7291125 އަށް ގުޅައިގެން މި ޙިދުމަތް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފައިވަނީ މިތަކެތީގެ އާ ޝިޕްމަންޓެއް ލިބުމާއި ގުޅިގެންކަމަށެވެ.