ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ އަދަދު 1395އަށް


އިތުރު 24 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1395 އަށް އަރައިފިއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ 2 މީހެކެވެ.

މިއާއެކު މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދދުވަނީ 498 އަށް އަރާފައެވެ. އަދި ބިދޭސީންގެ އަދަދުވަނީ 897 އަށް އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ މީހުންނެވެ. އެގޮތުން އެޤައުމުގެ 706 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ކޯވިޑް-19އަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 13 މީހަކަށެވެ. އޭގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ އެންމެ މީހަކަށް ކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން މިބަލި ފެނުނުތާ މިއަދަށް 79 ދުވަސްވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 144 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނެވެ.