މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގައި އިންޑިއާގެ ޗެންނާއީއިން ރާއްޖެއަށް 5 ޓަނުގެ ސިއްޙީ ސާމާނު ގެނެސްފިއެވެ.
ވިޔަފާރިވެރިންނަށް ރާއްޖެއަށް މުދާ ގެނައުމަށް ފަސޭހަކޮށްދިނުމަށްޓަކައި މޯލްޑިވިއަނުން ބާއްވަމުންދާ ކާގޯ ދަތުރުތަކުގައި އިއްޔެ ވަނީ އިންޑިއާގެ ޗެންނާއީއާއި ޓްރިވެންޑުރަމަށް ދަތުރުތައް ބާއްވާފައެވެ. ޓްރިވެންޑުރަމުން ވަނީ 13 ޓަނުގެ ތަރުކާރީއާއި މޭވާގެ ބާވަތްތައް ގެނެސްފައެވެ.
މޯލްޑިވިއަނުން ވަނީ މިދިޔަ ހޯމަދުވަހު ސްރީލަންކާއިންވެސް ރާއްޖެއަށް 14 ޓަނުގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގެނެސްފައެވެ.
މޯލްޑިވިއަންއިން ކާގޯ ދަތުރުތައް ފަށާފައިވަނީ މިދިޔަ މާޗުމަހުގެ 29 ވަނަ ދުވަހުއެވެ.
މުދާ އުފުލުމަށް ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.