ވިޔަފާރި

ހުޅުމާލެއިން 49 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


ޤަވާއިދާ ހިލާފަށް
މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އިން ފަށާފައިވާ ޙާއްސަ އޮޕަރޭޝަންގައި
މިއަދު ހުޅުމާލެގައި 46 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.





އިމިގްރޭޝަންގެ
މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ، މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 46 ބިދޭސީންގެ ތެރެއިން 12
މީހުންނަކީ ފިހާރަ ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން
ދިޔަ މީހުން ކަމަށެވެ. 



މިދިޔަ ބުރާސްފަތި
ދުވަހު ފެށި މި އޮޕަރޭޝަންގައި ކޭޝިއަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ  36 ބިދޭސީން މިހާތަނަށް އިމިގްރޭޝަންގެ ބެލުމުގެ
ދަށަށް ވަނީ ގެނެވިފައެވެ. އަދި ކޭޝިއަރުންގެ
ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންގެ ގޮތުގައި އިމިގްރޭޝަންގެ ބެލުމުގެ
ދަށުގައި މިހާރު ތިބި ބިދޭސީން އަބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް
ކުރެވެމުންދާ ކަމަށްވެސް ހަސަން ހަލީލް ވިދާޅުވިއެވެ.





ޤަވާއިދާ ޙިލާފަށް
އުޅުމުގެ ސަބަބުންނާއި ތަފާތު ކުށްތައް ކުރުމުގެ ސަބަބުން އަބުރާ ޤައުމަށް
ފޮނުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު 159 ބިދޭސީން
އެބަތިބި ކަމަށް އިމިގްރޭޝަނުން
މައުލޫމާތުދެއެވެ.