ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 14 މީހުން


މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 14 މީހުންނާއެކު މިމަމުގެ މިހާތާނަށް ޕޮޒިޓިވި މީހުންގެ ޢަދަދު 203އަށް އަރައިފިއެވެ. މިޢަދު ޕޮޒިޓިވްވި 14 މީހުންނާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 1942އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހަކާއި ސްރީ ލަންކާ މީހެކެވެ.

ރާޢްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 813 މީހުންނެވެ. މީގެ ތެރެއިން 8 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މިމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންނަށްވުރެ ގިނައީ ބަލިން ރަނގަޅުވި މީހުންނެވެ. މި އާއިއެކު ބަލީގައި ފަރުވާ ދެމުންދާ މީހުންގެ ޢަދަދުވަނީ 1000އަށްވުރެ ދަށަށް ގޮސްފައެވެ.

ފާއިތުވެދިޔަ 11 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 203 މީހުންނެވެ.

މިމަހުގެ މިހާތަނަށް ޕޮޒިޓީވްވި މީހުންގެ ޢަދަދުތައް

  • 1 ޖޫން 2020 ގައި 56 މީހުން
  • 2 ޖޫން 2020 ގައި 12 މީހުން
  • 3 ޖޫން 2020 ގައި 9 މީހުން
  • 4 ޖޫން 2020 ގައި 22 މީހުން
  • 5 ޖޫން 2020 ގައި 11 މީހުން
  • 6 ޖޫން 2020 ގައި 18 މީހުން
  • 7 ޖޫން 2020 ގައި 2 މީހުން
  • 8 ޖޫން 2020 ގައި 13 މީހުން
  • 9 ޖޫން 2020 ގައި 26 މީހުން
  • 10 ޖޫން 2020 ގައި 20 މީހުން
  • 11 ޖޫން 2020 ގައި 14 މީހުން

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން މަރިޗު މަހުގެ 17ވަނަ ދުވަހުން ފެށިގެން މާލޭގެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ލުއިތައް ދޭން ފަށާފައެވެ. މިގޮތުން، ގެއިން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބައެއް ފިހާރަތަކާއި، އޮފީސްތައްވެސް ވަނީ ހުޅުވާފައެވެ. މިއާއިއެކު މުޖުތަމުގައި ބަލި އޮތް މިންވަރު ބެލުމަށް ކޮންމެ ދުވަހަކުވެސް މަގުމަތިންނާއި، ބިދޭސީން ގިނައިން އުޅޭ ސަރަހައްދު ތަކުން ދަނީ ސާމްޕަލްތައް ނަގައި ޓެސްޓް ހަދަމުންނެވެ.

ރާއްޖޭގައި ބަލިކޮންޓްރޯލްކޮށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއިއެކު ބޮޑެތި ކުރިއެރުންތަކެއް ދަނީ ފެންނަމުންނެވެ. ނަމަވެސް ދީފައިވާ ލުޔާއިއެކު ޞިއްޚީ ގޮތުން ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާ ކުޑަކޮށްފިނަމަ ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށްވެސް ޞިއްޚީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިމުއްދަތުގައި ގައިދުރުކަން އިސްކޮށް، ގެއިން ބޭރަށް ނިކުމެ އުޅުމުގައިވެސް މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.