ވިޔަފާރި

ރެޑްވޭވް ރޯދަ ޕްރޮމޯޝަން ގެ ނަސީބު ވެރިންނަށް އިނާމް ހަވާލުކޮށްފި


ރޯދަމަހަށް ހާއްސަކޮށްގެން ރެޑްވޭވުން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބު ވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ. ފަރީދީމަގުގައި ރެޑްވޭވުން އަލަށް ހުޅުވުމަށް ތައްޔާރުވެފައިވާ އެކުންފުނީގެ ފިހާރައިގައި، ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ހަތަރު ފަރާތަކަށް ވަނީ އިނާމު ހަވާލު ކޮށްފައެވެ.ރެޑްވޭވް ރޯދަ ޕްރޮމޯޝަންގައި އެކުންފުނީގެ ކޮންމެ ފިހާރައަކުންވެސް ކުރާ ކޮންމެ ތިންސަތޭކަ ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ވަނީ ދޫކޮށްފައެވެ. މި ޕްރޮމޯޝަންގެ ނަސީބު ވެރިންގެ ތެރެއިން އެއްވަނަ އަށް ހޮވުނު ހުމައިދު އަލީއަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވަނީ އެކުންފުނީގެ ފަރާތުން ދީފައިއެވެ. އަދި ދެން ހޮވުނު ތިން ނަސީބުވެރިންގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް ދިހަ ހާސް ރުފިޔާ ދީފައިވެއެވެ. އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ޝުޖާއު ވިދާޅުވީ ރެޑްވޭވުން ކުރިއަށްގެންދާ މިފަދަ ޕްރޮމާޝަންތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދާކަމަށެވެ. އަދި ތަޖުރިބާއަށް ބަލައި އަންނައަހަރު މުޅިންތަފާތު ރޯދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ޝުޖާއު ވިދާޅުވި އެވެ.