ޚަބަރު

ކޯވިޑް-19 : މިއަދު 17 މީހުން ޕޮޒިޓިވް، ރަނގަޅުވީ 31 މީހުން


ރާއްޖެއިން ކޯވިޑް-19އަށް މިއަދު 17 މީހުން ޕޮޒިޓިވްވެ އޭގެ ތެރޭގައި 10 ދިވެހިން ހިމެނިއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 10 ދިވެހިންނާއި، ބަންގްލަދޭޝްގެ 6 މީހެއްގެ އިތުރުން އިންޑިއާގެ މީހެއްކަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 3120 އަށްވަނީ އިތުރުވެފައެވެ. ރާޢްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ހޯދަމުންދަނީ 626 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވެފައިވަނީ 31 މީހެކެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2428އަށް އިތުރުވެފައެވެ. މިވަގުތު އައިސޮލޭޝަންގައި 501 މީހަކު އެބަހުރިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން މި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 15 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޓެސްޓު ކުރުމަށް 70050 ސާމްޕަލް ނަގާފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 680 ސާމްޕަލެއް ނަގާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.