ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވީ 55 މީހެއް، ރަނގަޅުވީ 70 މީހުން


ފާއިތުވި ސައުވިސް ގަޑިއިރު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 50އިން މައްޗަށް އަރައިފިއެވެ.

މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވީ 55 މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް ގިނައީ ދިވެހިންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 31 މީހުންނާއި، ބަންގްލަދޭޝްގެ 21 މީހުންނާއި، އިންޑިއާގެ 2 މީހުންނާއި، ސްރީލަންކާ މީހެކެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މީހާރުވަނީ 3175އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 70 މީހުންވެ. މިހާރު ބައްޔަށް ފަރުވާދެމުން އަންނަނީ 647 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 57 މީހަކަށެވެ.

ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް ރާއްޖޭގައި ވަނީ 70،845 ސާމްޕަލް ނަގާފައެވެ. މިހާތަނަށް މިބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.