ޚަބަރު

ގޭގެއަށް ވަގަށް ވަންނަމުންދިޔަ ބިދޭސީއަކު ހޯދަނީ


މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބަލަމުންދާ މައްސަލާގައި ހޯދަމުންދަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމް.ޑީ ޒާކިރު ހުސައިން ކަމަށެވެ. މީނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށާއި، ގޭގެއަށް ވަގަށްވަދެ އުޅުނު މައްސަލައެއްގައެވެ.

ފުލުހުން ވިދާޅުވީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ މި މިހާ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާކަމަށެވެ. އަދި މި މިހާ މިމަހުގެ 10 ވަނަ ދުވަހުގެ ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފަހަކަށް އައިސް އެކިކުށްތަކަށް އަރައިގަންނަ ބިދޭސީންގެ އަދަދުވަނީ އިތުރުވެފައެވެ. އަދި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް ސަރުކާރާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.