ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވީ މީހުންގެ ޢަދަދު މިއަދުވެސް 80 އިން މަތީގައި


ރާއްޖެއިން އަލަށް ކޯވިޑް-19އަށް 89 މީހަކު މިއަދުވެސް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 83 މީހަކާއި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވް 6 މީހެކެވެ. އެއީ 58 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި އިންޑިއާ 6 މީހަކާއި ސްރީ ލަންކާ 2 މީހެއް އިނގިރޭސި ވިލާތު 2 މީހަކާއި އެމެރިކާ މީހަކާއި މިޞްރު މީހެކެވެ.

ރާއްޖެއިން މިހާތަނަށް 4769 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވެއެވެ. މިވަގުތު ރާއްޖޭގައި މިބައްޔަށް ފަރުވާ ހޯދަމުންދަނީ 1996 މީހުންނެވެ. އޭގެތެރެއިން 129 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ. އަދި 1470 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދެއެވެ. ތަކުރާރުކޮށް ނެގި ސާމްޕަލްތަކާއެކު މިހާތަނަށް ރާއްޖެއިން 86651 ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކޮށްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވެފައިވަނީ 19 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 29 މީހުންނެވެ. މިހާތަނަށް 2754 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.