ޚަބަރު

ކޯވިޑް-19 : 7 ރިސޯޓަކުން 6 ފަތުރުވެރިއަކާއި 9 މުވައްޒަފަކު ޕޮޒިޓިވް


ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި 7 ރިސޯޓަކުން 6 ފަތުރުވެރިއަކާއި 9 މުވައްޒަފަކު ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އެހެންނަމަވެސް އެއީ ކޮންކޮން ރިސޯޓުތަކެއްކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިން ނ.އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީ އަދި ބ.އަތޮޅު ސީސައިޑް ފިނޮޅާއި އޮބްލޫ ސިލެކްޓް އެޓް ރަނގަލި ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުނުކަން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިވަގުތު އެރަށްރަށުން ބަލިޖެހިގެން ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނޭ 12 ރަށެއް ހިމެނެއެވެ.

ކޯވިޑް-19 ފެނުނު ރަށްރަށުގެ ތެރެއިން މިހާރު ފަރުވާ ދެމުންދާ މީހުން ނިސްބަތްވާ ރަށްރަށް

  • ހއ.ކެލާ
  • ހދ.ނައިވަދޫ
  • ބ.ކުޑަރިކިލު
  • ރ.އިނގުރައިދޫ
  • ޅ.ހިންނަވަރު
  • ކ.މާފުށި
  • ވ.ފުލިދޫ
  • ފުވައްމުލައް ސިޓީ
  • ހއ.އިހަވަންދޫ
  • ބ.ކަމަދޫ
  • ރ.ހުޅުދުއްފާރު
  • ހއ.ފިއްލަދޫ

މިރަށްރަށުން ބަލިޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ރަށަށްގޮސް ހޯމް ކަރަންޓީންވި ބައެއް މީހުންނާ، މާލެ ދަތުކުރުރާ ބޯޓު ފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނެވެ.