ޚަބަރު

ކޯވިޑް-19 : އައިޖީއެމްއެޗުގެ 2 ލެބް ޓެކްނީޝަނުން ޕޮޒިިޓިވްވެއްޖެ


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓްރީގައި މަސައްކަތްކުރާ ދެ ޓެކްނީޝަނުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތުއެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، އައިޖީއެމްއެޗްގެ ލެބޯޓްރީގެ ދެ ޓެކްނީޝަނުން ބައްޔަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. މީގެ ކުރިންވެސް އައިޖީއެމްއެޗްގެ ލެބޯޓްރީ ޓެކްނީޝަނެއް ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމުން މިހާތަނަށް ތިން ލެބްޓެކްނީޝަނުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފްރޮންޓްލައިން ނުވަތަ ކުރީސަފުގައި މަސައްކަތްކުރާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ.