ޚަބަރު

ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓްވެ އަނިޔާވި މީހަކަށް ފަރުވާދެނީ


މާފުށީ ކައިރިން "އިރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏަކާއި "އަލީ ޝާހި" ނަމަކަށް ކިޔާ މަސްވެރިކަމަށް ނިކުމެ އުޅުނު 22 ފޫޓުގެ ލޯންޗެއް ޖެހި ހިނގި އެކްސިޑަކާއި ގުޅިގެން އެމްއެމްއެންޑީއެފް މާލެ އޭރިއާއިން ދަނީ ހަރަކަތާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:50 ހާއިރުކަމަށެވެ. ދޯނީގައި 7 މީހުން ތިބިކަމަށާއި، ލޯންޗުގައި 5 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިހާދިސާގައި ލޯންޗުގައި ހުރި މީހަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައިވަނީ އޭނަގެ ބޮލަށާއި، ކޮނޑުހުޅަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަނިޔާވި މީހާ މިހާރުވަނީ މާފުށީ ލޯންޗެއްގައި މާލެ ގެނެސްފައެވެ. މިހާދިސާގައި އެކްސިޑެންޓްވި ލޯންޗުވަނީ ބަންޑުން ޖަހާލާފައެވެ.