ޚަބަރު

ރައީސް މަޢުމޫން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ


ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް މަޢުމޫން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް މެދުވެރިކުރައްވައެވެ. ރައީސް މަޢުމޫން ވިދާޅުވީ، އެމަނިކުފާނު ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ހެދި ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އަވަސް ޝިފާޢަކަށް އެދިވަޑައިގެންފައެވެ.

ރައީސް މަޢުމޫން ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރެއްވުމާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ އާންމުން އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކުރައްވާ ޓުވީޓް ކުރައްވަމުންނެވެ.

ރައީސް މަޢުމޫނަށް ވަނީ މިއަހަރުގެ ކުރީކޮޅު ރޯގާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަން ދިގުލާތީ ޓެސްޓްތަކެއް ހެދުމަށް އައި.ޖީ.އެމް.އެޗްގައި އެޑްމިޓްކޮށް ފަރުވާވެސް ދެއްވާފައިވެއެވެ.

1978 ވަނަ އަހަރުން ފެށިގެން 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް މައުމޫނަކީ އެތައްބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ސިޔާސީ ޝަޚްސިއްޔަތެކެވެެ. އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނައުމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސްގެ މަޤާމު ފުރުއްވަމުންނެވެ.

ފިޒާ

ރައީސް މައުމޫ ނަށާއި ކޮވިޑު ފައްސި ވެ ބަލިމަޑުކަން ތަޙަމަލްކުރަމުންދާ އެންމެހާ އަޚުންނާއި އުޚްތުންނަށް އަވަސް ޝިފާއެއް ދެއްވާށި އާމީން !